ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ 8 ނަންފުޅުގެ ތެރެއިން 5 ނަމަކަށް ރުހުންދޭން ފެންނަކަމަށް ނަންތައް ދިރާސާކުރި ކޮމިޓީން ފާސްކޮށްފިއެވެ.

މީރާގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ ބޭފުޅަކާއި ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަސް ބޭފުޅަކާއި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަންކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ އެބޯޑުގަ މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ތިން މެމްބަރެއްގެ މަގާމުގެ މުއްދަތު މިމަހުގެ އަށްވަނަ ދުވަހަށް ހަމަވުމާއި، އެހެން މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މީރާގެ ބޯޑުން އިސްތިއުފާ ދެއްވާފައި ވަނީ ފަސީހު ޒާހިރެވެ.

ނަމަވެސް މިމައްސަލަ ދިރާސާކޮށް އިޤްތިޞާދީ ކޮމިޓީން ނިންމީ 8 ނަމުގެ ތެރެއިން 5 ނަމަކަށް ރުހުން ދޭން ފެންނަކަމަށެވެ. ކޮމިޓީގެ އަޣްލަބިއްޔަތުން ރުހުން ދޭން ފެންނަކަމަށް ފާސްކޮށްފައިވާ ފަސްބޭފުޅުންނަކީ މުމްތާޒް ޢަބްދުއްރަޝީދު، މުރިނގު / ހދ.ހަނިމާދޫ، ލީނާ މުޙައްމަދު ޒާހިރު ޙުސައިން، ހ.ނީލްވިލާ، ހުޝާމް ވަޙީދު، ގ. މާލެހިޔާ 2 03-15، ޢަލީ އިރުފާނު، ޑޭލައިޓްވިލާ / ސ. މަރަދޫފޭދޫ އަދި ޢާއިޝަތު ޢަޝާ ޢަލީ، ހ.އީސޓްވާރޑް އެވެ.

ޓެކްސް ނެގުމާ ބެހޭ ގާނޫނަށް މި އަހަރު ގެނައި އިސްލާހާ އެކު މީރާގެ ޗެއާޕާސަން ކަނޑައެޅުމުގެ ބާރު ލިބެނީ ފިނޭންސް މިނިސްޓަރަށެވެ. އެ މަގާމަށް ފިނޭންސް މިނިސްޓަރު ވަނީ އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، ސަރުވަޝް އާދަމް ހަމަޖައްސަވައިފަ އެވެ. ޑެޕިއުޓީ ކަމިޝަނާ އޮފް ޓެކްސޭޝަން އަކީ އަސްމާ ޝަފީއު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން