ރާއްޖޭގައި ކެންސަރު ބައްޔާއި ގުޅޭގޮތުން ގައުމީ ފެންވަރުގެ ދިރާސާ އެއް ހަދަންޖެހޭ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ކެންސަރު ބަލީގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް ގައުމީ ފެންވަރުގެ ދިރާސާ އެއް ހަދަންޖެހޭ ކަމަށެވެ. އަދި ކުރެވޭ ހީތަކާއި ޚިޔާލުތަކުގެ ބަދަލުގައި ފެކްޓް ބޭސް ނިއްމުންތަކެއް ގައުމީ ފެންވަރުގައި ނިއްމަންޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ކެންސަރުގެ ހިތާމައިގައި ނުޖެހޭ އާއިލާއެއް މިއަދު މަދު. އެންމެން އެކުގައި މިކަމަށް ހޭލުންތެރިވާންޖެހޭ،" އަލީ ވަހީދު ވިދާޅުވިއެވެ.

ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅިގެން އެޗްޕީއޭއިން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ކޮންމެ އަހަރަކު ވެސް 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށެވެ.

ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ލޭގެ ކެންސަރާއި ތައިރޮއިޑް އަދި ޕްރޮސްޓޭޓް ކެންސަރުގެ އިތުރުން އަނގައިގެ ކެންސަރު ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން