ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް 800 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށް ދެކެވޭ ވާހަކަތަށް ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤް ދޮގުކުރަށްވައިފިއެވެ.

ސަރުކާރުން ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދޭން ލޯނެއް ނެގި ކަމަށް ރާއްޖޭގެ މީޑިޔާ އަކުން މިއަދު ވަނީ ރިޕޯޓްކޮށްފައެެވެ. އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވީ ސަރުކާރުން ލޯނަކަށް އެދިފައި ނުވާނެ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، ޝަފީގު ވަނީ ސަރުކާރުން ޓީބިލް ވިއްކަން ފުރުސަތު ހުޅުވާލާފައިވާ ކަން ފާހަގަކުރަށްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ބޭންކްތަކުގެ އެކްސެސް ލިކުއިޑިޓީ ޓީބިލްގައި އިންވެސްޓް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ބީއެމްއެލުން ޓީބިލްގައި އިންވެސްޓްކޮށްފައިވާ ކަމަށެވެ. އަދި އެއީ ބީއެމްއެލްގެ އަމިއްލަ ނިންމުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީގް އިތުރަށް ވިދާޅުވީ ޓީބިލް ވިއްކަން ހުޅުވާލީ ސަރުކާރަށް ފައިސާ ބޭނުންވާތީ ކަމަށެވެ. ޓީބިލްގެ ގޮތުގައި ލޯނެއް ނެގި ކަމަށް ދެކެވޭ ވާހަކަތައްވެސް މިނިސްޓަރު ދޮގުކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން