ރާއްޖެއާއި ދުނިޔޭގެ އެހެން ގައުމުތަކާއި ގުޅުވައިދޭ އެންމެ މުހިންމު ތަނބަކީ ފަތުރުވެރިކަން ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއާއި ދުނިޔޭގެ އެހެން ގައުމުތަކާއި ގުޅުވައިދޭ އެންމެ މުހިންމު ތަނބަކީ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ކަމަށެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ ފަތުރުވެރިކަން ހަމައެކަނި މުހިންމުވަނީ ރާއްޖޭގެ އިގްތިސޯދަށް އެކަނި ނޫން ކަމަށެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށް ވެސް އެއީ ވަރަށް މުހިންމު ވަސީލަތެއް ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.





މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ ތަފާތު ސަގާފަތްތަކުގެ ގައުމުތައް އެއްބައި ކުރުމަގައްޔާއި އަމާންކަން ފެތުރުމުގައި ފަތުރުވެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ރާއްޖެއިން މަސައްކަތް ކުރަނީ ހުރިހާ އެންމެންނަށް ވެސް ފައިދާވާނެ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.460,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ފަތުރުވެރިކަމަކީ ރާއްޖެ އަށް އާމްދަނީ ލިބޭ އެންމެ މުހިންމު އެއް ސިނާއަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން