މައުރަޒެއްގެ ތެރެއިން--
މައުރަޒެއްގެ ތެރެއިން--
އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ލިމިޓެޑުން ފަށައިފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ދަފުތަރު އެކުލަވާލަނީ ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އަދި އެފަދަ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ވެސް ދަފުތަރު އެކުލަވާލުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބީސީސީން ބުނެފައި ވެއެވެ.

އެހެންވެ އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީސީސީގެ ވެބްސައިޓްގެ ޕޯޓަލް މެދުވެރިކޮށް މިހާރު ދަފުތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ބީސީސީން ބުނެއެވެ.

އެ ދަފުތަރުގައި ރަޖިސްޓްރީކުރުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި ވަޒީފާގެ އެއްބަސްވުމަކާ ނުލައި އާމްދަނީއެއް ހޯދުމަށް އިގުތިސާދީ ހަރަކާތްތައް ހިންގާ މީހަކަށްވުން ހިމެނެ އެވެ. އެގޮތުން ފްރީލާންސަރުން ގޮތަށް މަސައްކަތް ކުރާ މީހުންނަށް ވެސް މި ދަފްތަރުގައި ރަޖިސްޓްރީވެވޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން