ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުގައި ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ރައީސް މުޢިއްޒު ވަރަށް އަވަހަށް އިންޑިޔާ އަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. އެހެން ނަމަވެސް އެ ދަތުރުފުޅު ކުރައްވާނެ ތާރިހެއް ފައިނަލް ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. އިންޑިއާގެ ހިންދުސްތަން ޓައިމްސް އިން ބުނީ ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހަށެވެ. އަދި އަންނަ މަހުގެ 8 ވަނަ ދުވަހު އިންޑިއާގެ ބޮޑު ވަޒީރާއެކު، ރައީސް މުއިއްޒު މަޝްވަރާތައް ބޭއްވެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ނޫހުގައިި ބުނެފައިވެ އެވެ.

އިންޑިޔާ ހިންދުސްތަން ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައިވާ ހާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެެވެ. އަދި އޭގެއިތުރުން ރާއްޖޭގެ މާލީ ހާލަތުން އަރައިގަތުމަށް، އިންޑިއާއިން ވެދެވެން އޮތް އެހީތެރިކަމާއި ގުޅޭގޮތުން ދިވެހި ސަރުކާރުން ހުށަހެޅުންތަކެއް، އިންޑިއާ ސަރުކާރަށް ހުށަހަޅާނެކަމަށް ބެލެވޭކަމުގައި އެ ނޫހުގައި ބުނެފައިވެ އެވެ.

ހީނަރުވެފައި އޮތް ރާއްޖެއާއި އިންޑިއާގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ ލޯނު ޕޭމެންޓްތައް ދެއްކުމުގެ މުއްދަތުތައް ފަސްކޮޮށްދިނުމަށް އެގައުމުން މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން