ތަކުރާރުކޮށް ވައްކަންކުރާ އަންހެނަކު ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން ހައްޔަރުކުރީ ހ. ޗިކްކާކޭލް/ ފާތުމަތު އިޝާމާ (41 އ.) އެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާ ހައްުޔަރުކުރީ ހުއްދަ ނެތި ތަނަކަށް ވަނުމާއެކު ފޭރުމުގެ އަމަލެއް ހިންގައިގެން ނެވެ. އަދި އޭނާ ތޫނު އެއްޗެއް ގެންގުޅުނު ކަމަށް ވެސް ބުނެފައި ވެއެވެ. މީގެއިތުރުން އަނިޔާވެރިކަން އިސްކުރިކަމަށް ވެސް އަމުރުގައި ބުނެފައި ވެއެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާއަކީ ހައްޔަރުގެ ގިނަ ރެކޯޑްތައް އޮންނަ އަންހެނެކެވެ.
އިޝާމާ މީގެ ކުރިން ގޭގެއަށް އެކި ބޭނުމުގައި ކަމަށް ބުނެ ވަދެ ވައްކަން ކުރާތީ އޭނާއާ މެދު ސަމާލުވުމަށް ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު އިލްތިމާސް ކޮށްފައި ވެއެވެ.
އިޝާމާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އޭނާ ހަތް ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަންގައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު