ރާއްޖޭގައި އިންވެސްޓްކުރަން ނިއުޒިލެންޑްގެ އިންވެސްޓަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.

ރައީސް މި ދައުވަތު ދެއްވާފައިވަނީ ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބު، ވިންސްޓަން ޕީޓަރސްއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ރައީސް އޮފީހުން ބުނީ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް އާއި ބޮޑުވަޒީރު ދެޤައުމުގެ ދޭދޭ ފަރުދުންގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ވިޔަފާރި ހަރުދަނާކުރުން ފަދަ، ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާ ތަކާމެދު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަ ތަނުގެ އިސްތިރާޖީ ފައިދާގެ ބޭނުން ހިއްސާކުރުމާމެދު ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެއިތުރުން އަންނަ އޮކްޓޯބަރު މަހު ސަމޯއާގައި ބާއްވަން ހަމަހިފައިވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް އަކީ، ބައިނަލްއަޤުވާމި ފެންވަރުގައި ދެ ފަރާތައް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެކުގައި މަސައްކަތްކުރަން އޮތް ފުރުޞަތެއްކަން ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި، ރައީސް ވަނީ ނިއުޒިލެންޑްގެ އިންވެސްޓަރުންނަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި އިންވެސްޓުކުރުމަށް ދަޢުވަތު ދެއްވާފަ އެވެ. މީގެއިތުރުން ތަޢުލީމީ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން