ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް ހިޒުބުއްﷲގެ ވެރިޔާ ޙަސަން ނަޞްރުﷲ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ނަސްރު ﷲ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއިލުން ބުނި ނަމަވެސް ހިޒްބުއްﷲ އިން އެކަމާ ބެހޭގޮތުން ވަކި އެއްޗެއް އަދި ނުބުނެއެވެ.

އިސްރާއީލު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަސަން ނަޞްރުالله އާއި އެކު ހިޒްބުاللهގެ ސަދާން ފްރޮންޓުގެ ކޮމާންޑަރު އަލީ ކަރާކީ ވެސް އަވަހާރަ ކޮށްލާފައިވާ ކަމަށާއި އަދި އިތުރު ކޮމާންޑަރުންތަކެއްވެސް އަވަހާރަކޮށްލާފައިވާ ކަމަށެވެ.

ހިޒްބުއްﷲއާ ގާތް މީހަކާ ހަވާލާދީ އަލް އަހްރަމް ނޫހުން ބުނީ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ނަޞްރުاللهއާ ގުޅުން ކެނޑިފައިވާ ކަމަށެވެ. ނަމަވެސް ނަޞްރުﷲ އަވާހަރަވެފައިވާކަން އަދި އެއްވެސް ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެެވެ.

އިސްރާއީލުން ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތާއި ދެކޮޅަށް މިހާރު ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ރޭގެ ވަގުތެއްގައި ވަނީ ބެއިރޫތުގައި ހިޒްބުﷲގެ ގިނަ ބަޔަކު ތިބި ކަމަށް ބުނެ، ބައެއް އިމާރާތްތަކަށް ހަމަލާދީ، އެ އިމާރާތްތައް ބިމާހަމަކޮށްލާފައެވެ. އިސްރާއީލުން ބުނީ އެ އިމާރާތްތަކުގެ ތެރޭގައި ހިޒްބުﷲގެ ހެޑްކުއާޓާސް ހިންގަމުން ދިޔަ އިމާރާތް ވެސް ހިމެނޭ ކަަމަށެވެ. އެ ހަމަލާ އަކީ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް ހިޒުބުއްﷲގެ ވެރިޔާ ޙަސަން ނަޞްރުﷲ އަވަހާރަކޮށްލަން ދިން ހަމަލާ އެެއް ކަމަށް އިސްރާއިލުން ބުނެއެވެ.

ރޭގެ ހަމަލާތަކުގައި އެކަނިވެސް ހަ މީހަކު މަރުވެ 91 މީހަކު ވަނީ ޒަޚަމްވެފައެވެ. އިސްރާއިލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން