އިސްރާއީލުން ހަނގުރާމަ ކުރަނީ ހުރިހާ މުސްލިމުންނާ ދެކޮޅަށް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލުން ހަނގުރާމަ ކުރަނީ ހަމައެކަނި ލުބްނާނުގެ ޙިޒްބުﷲ ޖަމާއަތާ ނޫން ކަމަށެވެ. އަދި އިސްރާއީލުން ހަނގުރާމަ ކުރަނީ ހުރިހާ ޢަރަބިންނާއި އަދި ހުރިހާ މުސްލިމުންނާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މައުމޫން ވަނީ ހުޅަނގުގެ ޤައުމުތަކުން އެކަން އޮޅުވާނުލުމަށް ގޮވާލައްވާފައެވެ.



އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ގަތުލްއާންމެއް ހިންގަމުންދާއިރު މިހާތަނަށް 40000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައި އެތަށް ހާސް ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ. ފަލަސްތީނަށް ފަހު އިސްރާއިލުން މިހާރު މަސައްކަތް ކުރަނީ ލުބުނާނު ސުންނާފަތި ކޮށްލުމަށެވެ. އެގޮތުން ވަނީ ލުބްނާނުގެ އެކި ސަރަހައްދުތަކަށް ވައިގެ ވަރުގަދަ ހަމަލާތަކެއް މިހާރު ދޭން ފަށާފައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު އިޒްރޭލުން ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި 700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން