މިދިޔަ އަންގާރަ ދުވަހު މާފުށީ ޖަލުގައި މަރުވި މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖޭން ބޭރަށް ފޮނުވައިފި އެވެ.

މާފުށީ ޖަލުގައި ހުއްޓާ ދަންޖެހިގެން މަރުވީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މާލޭ، ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް 62އ، އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކާ އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވާފައިވަނީ އިއްޔެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެެވެ.

ކަރެކްޝަނުން ބުނީ މިދިޔަ އަންގާރަ ދުވަހު ހެނދުނު 6:52 ގައި ޣަނީ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ހެނދުނު 7:21 ގައި މަރުވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަނުން މަައުލޫމާތުދެއެވެ.

ޣަނީ އަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން