ގއ. ދެއްވަދު އަށް މިއަދު ދިޔަ ފިޝަރީޒް މިނިސްޓްރީގެ ޓީމަކަށް އެ ރަށުގެ ބަޔަކު ހުރަސްއަޅައި ރަށުން ބާލައިފި އެވެ.

ގއ. ދެއްވަދު އަށް މިއަދު ދިޔަ ފިޝަރީޒް މިނިސްޓްރީގެ ވަފުދު ޒިޔާރަތް ކުރީ މަސްދޯނިތަކުގައި މަސް ފިނި ކުރާ އާރްއޯ ޕްލާންޓް އެޅުމަށް ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމަށެެވެ. އެހެން ނަމަވެސް މިއަދު މެންދުރުގެ ވަގުތެއްގައި އެޓީމު ދެއްވަދޫ އަށް ދިޔުމުން މަސްވެރިންތަކެއް ނިކުމެ ވަނީ އެޓީމަށް ހުރަސް އަޅާފައެވެ. އަދި މަސްވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ދެއްވަދޫ އަށް ދިޔަ ފިޝަރީޒް މިނިސްޓްރީގެ ހަ ބޭފުޅުން ހިމެނޭ ޓީމު ރައްޔިތުންގެ ދެކޮޅު ހެދުންތަކާއި އެކު ރަށުން ވަނީ ފައިބާފައެވެ.

ސަރުކާރުގެ ވަފުދާ ދެކޮޅަށް އަޑުއުފުލި މަސްވެރިންގެ ޑިމާންޑަކީ މިފްކޯއަށް ވިއްކި މަހަށް ފައިސާ ނުލިބުމެވެ. މަސް ގަތުމަށްފަހު ގިނަވެގެން ދެ ހަފުތާގެ ތެރޭގައި ފައިސާ ދިނުމަކީ ސަރުކާރުގެ ވައުދެއް ކަން އެމީހުން ފާހަގަކުރެވެއެވެ.

ފިޝަރީޒް މިނިސްޓްރީގެ ޓީމު އިއްޔެ ވެސް ދެއްވަދޫއަށް އަރަން މަސައްކަތް ކުރި ނަމަވެސް މަސްވެރިން ބަނދަރުމައްޗަށް ނުކުމެ، އަޑު އުފުލުމުން ރަށައް އެރޭގޮތް ނުވީއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނީ މަސްވެރިންނަށް ދޭންޖެހޭ 17 މިލިއަން ރުފިޔާ އެބަހުރި ކަމަށާއި އެ ފައިސާ އަންނަ ހަފުތާގެ ކުރިން ދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން