މާލޭ މަގުމަތީހުރި ސައިކަލެއްގެ މަޑިދަށުން ވައްކަންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފިއެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 45 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރު އާލަމްއެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިޔުމުން ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 15 ދުވަހެވެ. އަދި އޭގެފަހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފައެވެ.

ބަންދުގެ އަމުރުގައި ބުނެފައިވަނީ، މި މަހުގެ 11 ވަނަ ދުވަހު މާލޭގެ މަގުމަތީގައި ހުރި ސައިކަލެއްގެ މަޑިދަށުން 442750 ރުފިޔާ އޭނާ ވަގަށް ނަގާފައިވާކަމަށެވެ. އޭނާ އާއި ދެކޮޅަށް ހެކީގެ ގޮތުގައި ސީސީޓީވީ ފުޓޭޖު ވެސް ވަނީ ފުލުހުން ހުށަހަޅާފައެވެ.

ނަމަވެސް، ބިދޭސީ މީހާ ބުނެފައިވަނީ، އެ ވީޑިއޯއިން އެނާ ފައިސާ ނަގާ މަންޒަރު ނުފެންނަކަމަށާއި، ވިޔަފާރީގެ މުއާމަލާތެއްގައި އޭނާ ވަނީ ފްރޭމް ކުރެވިފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން