ކ. ގުރައިދޫ ކައިރިއަށް މަސްވެރިކަމަށް ނުކުމެ އުޅުނު ރާސްތާ ދޯނިން ހާލު ދެރަވި މީހާ ނިޔާވެއްޖެ އެވެ.
އެ ދޯންޏަކީ ފ. ބިލެއްދޫން މަހަށް ނުކުތް ދޯންޏެކެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ހުރި އުމުރުން 50 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހަވީރު 16:20 ހާއިރު ކަމަށެވެ.
އެ މީހާއަށް ދިމާވި ސިއްހީ މައްސަލައަކީ ކާން އިންދާ ނޭވާލާން އުނދަގޫވުންކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓްގާޑުން އެ މީހާއަށް އެހީވުމަށް އެ ސަރަހައްދަަށް ދަތުރު ކުރި ނަމަވެސް، ރާސްތާ ދޯނިން މިހާރު ވަނީ އެމީހާ ކ.ގުރައިދޫ އަށް ގެންގޮސްފައެވެ. ގުރައިދޫ އަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު