ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލާގައި މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު މިއަދު “ރަސް އޮންލައިން” އަށް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ މީސްމީޑިއާގައި އިންޒާރު ދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދީފައިވަނީ އދ. ގެ އާންމު މަޖިލީހުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅު، ރައީސް އޮފީހުގެ ފޭސްބުކު ޕޭޖުން ލައިވްކޮށްފައިވަނިކޮށް، އެ ލައިވްއަށް މީހަކު ކުރި ކޮމެންޓެއްގައެވެ.

އެގޮތުން ރައީސް އަށް ނިސްބަތްކޮށް ކަލޭ "މަރާލާނެ" ކަމަށް ކޮމެންޓް ކުރި މީހާ ވަނީ ބުނެފައެވެ.

މިމައްސަލާގައި ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު ޝިފާން މީގެ ކުރިން ވިދާޅުވީ، ރައީސް، ޑރ. މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ފޭސްބުކުގައި ރައީސްއަށް މަރުގެ އިންޒާރުދީފައިވާއިރު، އިންޒާރުދިން މީހާ ވަނީ ފުލުހުން މައްސަލަ ބަލަން ފެށިކަން ހާމަކުރި ހިސާބުން، "މަލާމާތުގެ" ރާގަކުން އޭނާ ހައްޔަރު ކޮށްދިނުމަށް އެދި ފުލުހުންނަށް ގޮންޖަހައި ވާހަކަ ދައްކާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން