ލ.ގަން: ބަންޑާރަ ގޯތި ފިޔަވައި އެހެން ބޭނުންތަކަށް ބިންދޫކުރުން ކައުންސިލްގެ ދަށައް ވަނީ ބަދަލުކޮށްފަ
ލ.ގަން: ބަންޑާރަ ގޯތި ފިޔަވައި އެހެން ބޭނުންތަކަށް ބިންދޫކުރުން ކައުންސިލްގެ ދަށައް ވަނީ ބަދަލުކޮށްފަ
ދިރިއުޅުމަށް ބަންޑާރަ ގޯތި ފިޔަވާ އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގައި ބިމާ ބެހޭ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވާ ސަރުކާރުގެ މިނިސްޓްރީއަށް ލިބޭ ބާރުތަކެއް ދޫކޮށްލައި، "ދިރިއުޅުން ނޫން ބޭނުންތަކަށް ބިން ދޫކުރުމާ ބެހޭ ގަވައިދު" އިސްލާހުކޮށް ސަރުކާރުގެ ގެޒެޓްގައި މިއަދު އާންމުކޮށްފިއެވެ.

ދިރިއުޅުން ނޫން ބޭނުންތަކަށް ބިން ދޫކުރުމާ ބެހޭ ގަވައިދުގައި މީގެ ކުރިން ބުނެފައިވަނީ ބިން ދޫކުރާނެ މުއްދަތު އަދި ބިމުގެ ބޮޑުމިންވެސް ކަނޑައަޅާނީ މިނިސްޓްރީގެ ހުއްދައާ އެކު، އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުން ބިމުގެ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އިދާރާއިން ކަމަށެވެ.

އެހެން ނަމަވެސް 10 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ބިމެއް ދޫކުރެވޭނީ ބިމުގެ ކަންކަން ބަލަހައްޓާ މިނިސްޓްރީއަށް ކަމަށް އެ ގަވައިދުގައި ބުނެ އެވެ. އަދި ސަރުކާރުގެ އިދާރާއެއް ނުވަތަ އަމިއްލަ ފަރާތެއްގެ ބޭނުމަކަށްވެސް 10،000 އަކަ ފޫޓަށްވުރެ ބޮޑު ބިމެއް ދޫކުރެވޭނީ މިނިސްޓްރީއަށް ކަމަށް ގަވައިދުގައިވެއެވެ.

މިދިޔަ ހަފްތާގައި ގަވައިދަށް ގެނައި އިސްލާހުގެ ދަށުން، 10،000 އަކަފޫޓަށް ވުރެ ބޮޑު ބިންތައް ދޫކުރުމާއި އަދި 10 އަހަރަށްވުރެ ދިގު މުއްދަތަށް ބިން ދޫކުރުމުގައި ބިންތަކާ ބެހޭ ކަންކަން ބަލަހައްޓާ މިނިސްޓްރީއިން އަދާކުރާ ދައުރު ބަޔާންކުރާ އަކުރުތައް އުނިކޮށް، ގަވާޢިދު ވަނީ އިސްލާހުކޮށްފައެވެ. އެހެންކަމުން ބިންތަކާ ބެހޭ ކަންކަން ބަލަހައްޓާ މިނިސްޓްރީގެ ހުއްދައާއެކު ބިން ދޫކުރުމުގެ އެންމެހާ ކަންކަން މި ގަވައިދުގެ ދަށުން ނިންމާ ހަދާނީ އެ ބިން ހިމެނޭ އިހްތިސާސް ބަލަހައްޓާ ކައުންސިލުންނެވެ.

މީގެ އިތުރުން ގަވައިދުގައި ބީލަމަށް ހުޅުވާ ނުލައި ބިން ދޫކުރެވޭނެ ބޭނުންތަކެއް ބަޔާންކޮށްފައިވާ އިރު، އޭގެ ތެރޭގައި ބީލަމަކާ ނުލައި ދަނޑުވެރިކަމަށް ބިން ދޫކުރާ މުއްދަތު ވަނީ ތިން އަހަރު ދުވަހަށް އިތުރުކުރުމަށް ނިއްމާފައެވެ. މީގެ ކުރިން ގަވައިދުގައި އޮތް ގޮތުން ބީލަމަށް ނުލައި ދަނޑުވެރިކަމަށް ބިން ދޫކުރެވޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ބުނެފައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން