މަސްވެރިންނަށް ދޫނުކުރެވި އޮތް 17 މިލިއަން ރުފިޔާ ދޫކުރުމުގެ މަސައްކަތް މިއަދު ކުރަމުންދާ ކަމަށް މިފްކޯ އިން ބުނެފި އެވެ.

މިފްކޯއިން ބުނީ، 24 އޮގަސްޓުން މި މަހުގެ 25ގެ ނިޔަލަށް މިފްކޯއަށް ކިރި މަހުގެ ޖުމްލަ އަގަކީ 17،350،903ރ. ކަމަށެވެ. ސަރުކާރުގެ އެހީތެރިކަމާއެކު މި ފައިސާ އެއްކޮށް އޮޑިވެރީންނަށް މިއަދު ޖަމާވަމުންދާނެ ކަމަށް މިފްކޯ އިން މައުލޫމާތުދެއެވެ.

މިފްކޯ އިން މިދިޔަ ހަފްތާގައި ބުނީ އެ ކުންފުނިން މިމަހުގެ ކުރީކޮޅުން ފެށިގެން މަސްދޯނިތަކަށް ދައްކަން އޮތް ބިލްތަކާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް ދޫކުރަން އޮތް ފައިސާގެ މައްސަލައަށް މި ވަގުތަށް ހައްލު ހޯދިފައިވާ ކަމަށާއި މިފްކޯ އަށް ދޭންޖެހޭ ސަޕޯޓު ފޯރުކޮށް ދިނުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުގެ މަސް ކުންފުނިން ވަނީ ބުނެފައެވެ.

މިސަރުކާރު ވެރިކަމަށް އައި ފަހުން ކިރުވި މަހަށް މަސްވެރިންނަށް އެކި ފަހަރު މަތިން ބިލިއަނެއްހާ ރުފިޔާ ވަނީ ދޫކޮށްފައެެވެ. މަސްވެރިންނަށް ފައިސާ ދޫކުރުން ލަސްވެގެން މި ދޭތެރެއިން މަސްވެރިންތަކެއް ރާއްޖޭގެ ބައެއް ހިސާބުތަކުގައި މުޒާހަރާކޮށް ބައެއް ރަށްރަށައް ދިޔަ ސަރުކާރުގެ އެކި ވަފުދުތައްވެސް ރަށުން ވަނީ ބާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން