މާލޭގައި އުޅޭ ބުޅާތައް މާލެއިން ބޭރު ކުރުމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ތައްޔާރު ކުރަމުންދާ ބުޅާ ފެސިލިޓީއަށް, ނޮވެންބަރު މަހުގެ ތެރޭގައި ބުޅާތައް ގެންދަން ފަށާނެކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައެއް މީޑިއާތަކަށް ވިދާޅުވީ، ހުޅުމާލެ ފަރުކޮޅުފުށީގައި ތައްޔާރުކުރާ ފެސިލީޓީގެ އިމާރާތުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ފެސިލިޓީގައި ހަދާ ކޭޖުތައް ހެދުމުގެ މަސައްކަތް ކަމަށެވެ.

އެތަނުގައި 3 ކޭޖެއް ތައްޔާރުކުރާއިރު އެތަނަށް ބުޅާތައް ގެންދަން ގަސްދުކުރަނީ ބުޅާތައް އެހެންތަނެއްގައި ބެހެއްޓުމަށްފަހު މޮނިޓަރު ކުރުމަށްފަހުގައި ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

މާލޭގައި ބުޅާ ގިނަވެ މަގުތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމުގައި ވެސް ދަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންނެވެ. މާލޭގައި 3000 އަށްވުރެ ގިނަ ބުޅާ އުޅޭކަމަށް ސިޓީ ކައުންސިލުން އަންދާޒާ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން