އިބްރާހިމް ފަހީމް   29 ސެޕްޓެމްބަރު 2024 - 21:44
ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ، ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މިރޭގެ 9:45 އިން ފެށިގެން މެންދަމުން އަލިވެ 3:00 އާއި ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން