ނާއިބު ރައީސް ފައިސަލް ނަސީމް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ނައިބު ރައީސްގެ ލީޑަޝިޕްގެ ދަށުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެޗްއީއޯސީގެ ކަންކަން ބެލެހެއްޓެވުމަށް ނައިބު ރައީސް ސީދާ ހަވާލުވެވަޑައިގެންނެވި ސަބަބެއް އަދި އެއް ނޭގެއެވެ. އެހެން ނަމަވެސް ނައިބު ރައީސް އެޗްއީއޯސީގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ އެޗްއީއޯސީ އަލުން އަޕްގްރޭޑް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްމާ ރަފީގު ވިދާޅުވެފައިވަނިކޮށް ކަން ފާހަގަކޮށްލެވެއެވެ.
ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސްގެ އިތުރުން އެކްޓިން ހެލްތު މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖެއިން ކޮވިޑްގެ ކޭސްތައް ފެނުމާއެކު އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ނަމުގައި ސެންޓަރެއް އުފައްދާ މަސައްކަތް ވަނީ ފަށާފައެވެ. އަދި ބަލިމަޑުކަމާއި ދެކޮޅަށް ކުރި މަސައްކަތަށް ކާމިޔާބީ ލިބި ފަހުން އެ ސެންޓަރުގެ މަސައްކަތައްތައް އެޗްއީއޯސީގެ ދަށަށް ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ.
އެންއީއޯސީ އުވާލާފައިވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތައްތައް ހެލްތް މިނިސްޓްރީގެ ދަށުން އެޗްއީއޯސީން މިހާރު އަންނަނީ ބަލަހައްޓަމުންނެވެ. އެޗްއީއޯސީ އަޕްގްރޭޑް ކުރުމުގެ އިޝާރާތެއް ކޮށްފައިވާއިރު، އެ ސެންޓަރުގައި މަސައްކަތް ކުރުމަށް ވޮލެންޓިއަރުން ހޯދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު