ކޮވިޑް-19:އެޗްޕީއޭގެ އޮފިޝަލުން މީހެއްގެ ސާމްޕަލް ނަގަނީ
ކޮވިޑް-19:އެޗްޕީއޭގެ އޮފިޝަލުން މީހެއްގެ ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 33 މީހަކަށް އަދި ގުޅިފައިނުވާތީ އައިސޮލޭޝަން ފެސިލިޓީތަކަށް އެމީހުން ގެންދެވިފައިނުވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

އެޗްއީއޯސީން ބުނީ ތަފާތު އެކި ސަބަބުތަކާއި ހެދި އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި 348 މީހަކު ތިބި ކަމަށެވެ. އެގޮތުން 89 މީހަކު ފެސިލިޓީތަކަށްދާން ދެކޮޅު ހަދާފައިވާ ކަމަށް އެޗްއީއޯސީ އިން ބުނެ އެވެ. އަދި 18 މީހަކު ފެސިލިޓީތަކަށް ނުގޮސް ތިބީ އާއިލާގެ އެހެން މީހުންގެ ނަތީޖާތައް ލިބެންދެން ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ. މިހާތަނަށް 33 މީހަކާއި ނުގުޅިގެން އެ މީހުންވެސް ފެސިލިޓީތަކަށް ގެންދެވިފައިނުވާ ކަމަށް އެޗްއީއޯސީ އިން މައުލޫމާތުދެއެވެ. އަދި މި ވަގުތު 194 މީހަކު ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްއޯއީސީން ވަނީ ބުނެފައެެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް މިހާތަނަށް ނުވަ ރިސޯޓެއްގައި ކަރަންޓީނު ފެސިލިޓީތައް ގާއިމްކޮށްފައިވާއިރު އޭގެ ތެރޭގައި ބަނޑޮހާއި އެރިޔަދޫއާއި ފަން އައިލެންޑް އާއި ރޯޔަލް އައިލެންޑް އާއި މެދުފުއްޓާއި ފިލިތެޔޮ ވެސް ހިމެނެ އެވެ. އަތޮޅުތަކުގެ އެހެން ބައެއް ރިސޯޓުތަކާއި މަރުކަޒުތަކުގައި ވެސް ފަރުވާދެވޭ ގޮތް މިހާރު ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން