މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ
މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދަޢުލަތަށް ނުލިބިހުރި 639 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ތަކުރާރުކޮށް ގުޅައިގެން ޓެކްސްގެ ގޮތުގައި 515 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އޭގެ އިތުރުން ޑިއުޒް ކްލިއަރެންސްގެ ގޮތުގައި 93 މިލިއަން ރުފިޔާ ހޯދާފައިވާއިރު، އެކައުންޓު ފްރީޒްކޮށްގެން 21 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

ހަމައެއާއެކު އޯވަޑިއު ޕޭމަންޓްގެ ގޮތުގައި 12 މިލިއަން ރުފިޔާ ހޯދާފައިވާއިރު ހަނދާންކޮށްދީގެން 135،000 ރުފިޔާ ވަނީ ހޯދައިފައެވެ. އަދި ކޯޓު މަރުހަލާގެ ތެރެއިން 10،000 ރުފިޔާ ވަނީ ހޯދައިފިއެވެ.

މީރާއިން ބުނީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 5.5 ބިލިއަން ރުފިޔާ އާއި ރިސޯޓު ކުލީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ.

ދަޢުލަތަށް ނުލިބިހުރި 639 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން ބުނެފައިވާއިރު ޓެކްސް ނުދައްކާ 8947 ފަރާތް ތިބިކަމަށް މީރާގެ ތަފާސް ހިސާބު ރިޕޯޓުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން