މާލީ ވަޒީރަކަށް ހުންނެވި ޑޮކްޓަރ މުޙައްމަދު ޝަފީޤް އެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި ޑޮކްޓަރ މުޙައްމަދު ޝަފީޤް މިއަދު އެމަޤާމުން އިސްތިޢުފާ ދެއްވާފައިވާ ކަމަށެވެ.
މިނިސްޓަރ ޝަފީޤު މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ވަނީ ކެބިނެޓަށް ބަދަލުތަކެއް ގެންނަވައިފި އެވެ.
އެގޮތުން ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރަށްވާފައިވާއިރު ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ޚަލީލު ވަނީ ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރަށްވާފައެވެ.
އޭގެ އިތުރުން ރައިސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް ޢައްޔަނު ކުރަށްވާފައިވަނީ ހެލްތު މިނިސްޓަރުގެ މަގާމަށެވެ.
ރައީސް ޑރ. މުޢިއްޒު ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު މި ބަދަލުތައް ގެނައި ސަބަބު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު