ގައުމީ އެއާލައިން މޯލްޑިވިއަން ވެސް ޓްރެކުން ނައްޓާފައިވާ ކަމަށާއި އެ އެއާލައިން ވެސް އޮޑިޓް ކުރަންޖެހޭ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.
އިނަރ މޯލްޑިވިސްގެ ވެރިޔާ މުހަންމަދު ފިރާގް ޗާޓަރ ކުރެއްވި މޯލްޑިވިއަންގެ މަތިންދާބޯޓަކަށް އޮޅުވާލައިގެން ކާގޯ އަރުވައި، ފައިސާ ނަގައިގެން މޯލްޑިވިއަނުން ކުރީ ބޮޑު ވައްކަމެއް ކަމަށް އޭނާ ވިދާޅުވި ކަމަށް "ރަސްއޮންލައިން" ގައި ޝާއިއު ކުރި ޚަބަރެއް ޓުވީޓާގައި ހިއްސާކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައިލެންޑް އޭވިއޭޝަން ވެސް މަގުން ކައްސާލާފައިވާ ކަމަށެވެ.
އެކަމުން ދޭހަވަނީ ގައުމުގެ ހިންގުން ދޯދިޔާވެ ފަހަތަށް ޖެހިފައިވާ މިންވަރު ކަމަށް އާދަމް ޝަރީފް ސިފަކުރެއްވިއެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ އައިލެންޑް އޭވިއޭޝަން އޮޑިޓްކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަވަހަށް އެޅުމަށް ގޮވާލައްވާފައެވެ.
"ވިޔަފާރި އާއި އިންވެސްޓަރުންގެ އިތުބާރު ގެއްލިއްޖެނަމަ ބަނގުރޫޓްވެދާނެ." އާދަމް ޝަރީފް އިންޒާރު ކުރެއްވިއެވެ.
އިނަރ މޯލްޑިވިސްގެ ވެރިޔާ މުހަންމަދު ފިރާގް ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ މާލެއިން މެލޭޝިއާގެ ކުއަލަ ލަމްޕޫރަށް އޭނާގެ އަމިއްލަ ޚަރަދުގައި ޗާޓަރ ކުރެއްވި ފްލައިޓަކަށް އޭނާއަށް ނުވެސް އެނގި އަދި ހުއްދަ ވެސް ނުނަގައި ގައުމީ އެއާލައިން، ހިންގާ އައިލެންޑް އޭވިއޭޝަނުން ކާގޯއަރުވައި، އެކާގޯއަށް އަގުނަގައިގެން ހެޔޮ ނިޔަތުގައި ބޮޑު ވައްކަމެއް ކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން ވަނީ ފިރާގުގެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ގައުމީ އެއާލައިނުން ބުނީ މެލޭޝިޔާގެ ކުއާލާލަމްޕޫރަށް އެ ކުންފުނީގެ ބޯޓެއް ޗާޓަރުކޮށްގެން ދަތުރުކޮށްފައިވަނީ ޗާޓަރު ކުރި ކުންފުންޏާ ދެމެދުވެވުނު އެއްބަސްވުމެއްގެ ދަށުން ހަމައެކަނި ފަސިންޖަރުންނާއި ބެގެޖް އުފުލުމަށް ކަމަށެވެ. ދަތުރުގައި ކާގޯ ގެނައުމުގެ ހުއްދަ ޗާޓަރު ކުރި ކުންފުންޏަށް ދީފައި ނުވާނެ ކަމަށާއި، އަދި ކާގޯ ގެނައުމާގުޅިގެން އިތުރު އެއްވެސް ޗާޖެއް ޗާޓަރާއަތުން ނަގާފައެއްވެސް ނުވާނެ ކަމަށް ވެސް އެއާލައިނުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ފިރާގު ވިދާޅުވީ އޭނާއަށް މިފަހަރު ޗާޓަރު ކުރެވުނީ ގޮނޑިން ފެށިގެން މަތި ކަމަށެވެ.

Island Aviation ves mivanee track in nattaafai. Mikamun dheyhavanee hingun dhoadhiyaave, gaumu fahathah jehey minvaru. Avahah audit koh, rakkaatheri fiyavalhu alhanjehey. Business & investor confidence gellijjenama, banguroot vedhaane.
— Adam Shareef Umar (@Adamshareefz) August 22, 2020
https://t.co/ElltMMMAyd
އިނަރ މޯލްޑިވިސްގެ ވެރިޔާ މުހަންމަދު ފިރާގް ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ މާލެއިން މެލޭޝިއާގެ ކުއަލަ ލަމްޕޫރަށް އޭނާގެ އަމިއްލަ ޚަރަދުގައި ޗާޓަރ ކުރެއްވި ފްލައިޓަކަށް އޭނާއަށް ނުވެސް އެނގި އަދި ހުއްދަ ވެސް ނުނަގައި ގައުމީ އެއާލައިން، ހިންގާ އައިލެންޑް އޭވިއޭޝަނުން ކާގޯއަރުވައި، އެކާގޯއަށް އަގުނަގައިގެން ހެޔޮ ނިޔަތުގައި ބޮޑު ވައްކަމެއް ކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން ވަނީ ފިރާގުގެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ގައުމީ އެއާލައިނުން ބުނީ މެލޭޝިޔާގެ ކުއާލާލަމްޕޫރަށް އެ ކުންފުނީގެ ބޯޓެއް ޗާޓަރުކޮށްގެން ދަތުރުކޮށްފައިވަނީ ޗާޓަރު ކުރި ކުންފުންޏާ ދެމެދުވެވުނު އެއްބަސްވުމެއްގެ ދަށުން ހަމައެކަނި ފަސިންޖަރުންނާއި ބެގެޖް އުފުލުމަށް ކަމަށެވެ. ދަތުރުގައި ކާގޯ ގެނައުމުގެ ހުއްދަ ޗާޓަރު ކުރި ކުންފުންޏަށް ދީފައި ނުވާނެ ކަމަށާއި، އަދި ކާގޯ ގެނައުމާގުޅިގެން އިތުރު އެއްވެސް ޗާޖެއް ޗާޓަރާއަތުން ނަގާފައެއްވެސް ނުވާނެ ކަމަށް ވެސް އެއާލައިނުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ފިރާގު ވިދާޅުވީ އޭނާއަށް މިފަހަރު ޗާޓަރު ކުރެވުނީ ގޮނޑިން ފެށިގެން މަތި ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު