މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމުުގެ އަމިއްލަ ޖަމިއްޔާއަކުން އެރަށުގެ ގޭބިސީތަކަށް ކުނިއެޅުމަށް ބޭނުންކުރާ ޑަސްބިން ހަދިޔާކޮށްފިއެވެ.

ގޭބީސީތަކަށް ޑަސްބިން ހަދިޔާކުރީ ކަޒިން ޔުނިޓީ ޓުވަރޑްސް އެންޕަވަރ (ކިއުޓް) ނަމަކަށް ކިޔާ ޖަމިއްޔާއަކުންނެވެ. މި ޖަމިއްޔާ އަކީ އަނގޮޅިތީމުގެ އާއިލާއަަކަށް ނިސްބަތްވާ ޖަމިއްޔާއެކެވެ.

ކިޔުޓް ޖަމިއްޔާ އިން ބުނީ ގޭބިސީތަކަށް ޑަސްބިން ހަދިޔާކުރީ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ 80 ގެއަކަށް ޑަސްބިން ހަދިޔާކޮށްފައިވާކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ. މިއީ ޖަމިއްޔާ އިން ހެޔޮއެދޭ ފަރާތްތަކާ ގުޅިގެން ހިންގި އިޖުތިމާއީ ހަރަކާތެކެވެ.

މީގެ ކުރިންވެސް ކިއުޓް ޖަމިއްޔާ އިން ވަނީ އިޖުތިމާއީ ޒިންމާގެ ދަށުން ތަފާތު ހަރަކާތްތައް ރަށުގައި ހިންގާފަ އެވެ. އެގޮތުން އަނގޮޅިތީމު މިސްކިތް އޭސީ ކުރުމާއި ހެލްތު ސެންޓަރަށް ބޭނުންވާ ބައެއް އާލާތަށް ހަދިޔާ ކުރުމުގެ އިތުރަށް ރަށު ސްކޫލްގައި އޯޕަން ލައިބްރަރީއެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެހީތެރިކަމާ އެކު ހުޅުވުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން