އެޗްޕީއޭގެ ސާމްޕަލް ޓީމު މާލޭ މަގުމަތީގައި ހަރަކާތްތެރިވަނީ
އެޗްޕީއޭގެ ސާމްޕަލް ޓީމު މާލޭ މަގުމަތީގައި ހަރަކާތްތެރިވަނީ
މިއަދު ރާއްޖެ އިން އިތުރު 96 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، 101 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ، އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމަޔަށް 96 މީހަކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 96 މީހުން ވެސް ޕޮޒިޓިވް ވެފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 64 ދިވެހިންނާއި ބަންގްލަދޭޝްގެ 26 މީހަކާއި އިންޑިއާ މީހަކާއި ސްރީލަންކާގެ 4 މީހަކާއި، ނޭޕާލްގެ މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6660 އަށް އިތުރުވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 101 މީހުންނެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 4113 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޯވިޑް-19އަށް މިމަހު ޕޮޒިޓިވްވާނެކަމަށް ސިއްޙީ މާހިރުން އަންދާޒާކުރި ޢަދަދަށްވުރެވެސް މައްޗަށް ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ އިތުރުވެފައެވެ. މިފަހަކަށް އައިސް ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އުޅެނީ ސަތޭކައިން މަތީގެ ޢަދަދުތަކުގައެވެ. އޭގެތެރެއިންވެސް ބަލިޖެހޭ ދިވެހިންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން