ހިންދުސްތާނު ފިލްމީ ދުނިޔޭގެ ވެޓަރަން ތަރި، ގޯވިންދާ އޭނާގެ އަމިއްލަ ގަޔަށް ބަޑި ޖަހައިގެން ޒަހަމްވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ގޮވިންދާގެ ގޭގައެވެ. މި ހާދިސާ ހިނގީ އޭނާ އަމިއްލަ ރައްކަލަށް ގެންގުޅޭ ބަޑި ގޭގެ އަލަމާރިއަށް ލާން އުޅުމުގެ ތެރޭގައި އަތުން ކައްސާލައިގެން ބިންމައްޗަށް ވެއްޓިގެންނެވެ. އަދި އެ ވަގުތު ބިންމަތީގައި ބަޑި ޖެހުނު ގޮތުން ވަޒަން ނުކުނެ ގޮވިންދާގެ ފަޔަށް އަރައިގެން އޭނާ ޒަހަމްވީއެވެ.

މި ހާދިސާ ހިނގުމާއެކު ވަގުތުން ގޮވިންދާ ހޮސްޕިޓަލަށް ގެންގޮސް ކުޑަ އޮޕަރޭޝަނެއް ކޮށްފައިވާއިރު އޭނާގެ ފަޔަށް ވަން ވަޒަން މިހާރު ޑޮކްޓަރުން ވަނީ ނަގާފައެވެ.

ގޮވިންދާ ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެ ފޭނުންނަށް މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އޭނާ ވަނީ ފަޔަށް ވަން ވަޒަން ނަގާފައިވާކަމަށް ބުނެ އޭނާގެ ޑޮކްޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ބޮލީވުޑްގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 60 އަހަރުގެ ގޮވިންދާގެ ހާލު ރަނގަޅު ކަމަށް އޭނާގެ މެނޭޖަރު ޝާޝީ ސިންހާ ވަނީ އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.

ގޯވިންދާ ފަހުން ބޮޑަށް ފެނިފައި ވަނީ ސިޔާސީ ދާއިރާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން