މިއަދު ބޭއްވި ބައްދަލުވުން
މިއަދު ބޭއްވި ބައްދަލުވުން
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާގެ ސަފީރު، މުނޫ މަހާވަރާ ބައްދަލު ކުރަށްވައިފިއެވެ.

މިއީ އިއްޔެ ޚާރިޖީ ވަޒީރުކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު ޑރ. ޚަލީލް ބޭރުގެ ޑިޕްލޮމެޓަކާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.

ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޚާރިޖީ ވަޒީރު އިންޑިއާ ސަފީރާ ބައްދަލު ކުރަށްވާފައި ވާއިރު މިފެށޭ ހަފްތާގެ ތެރޭގައި ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުފުޅެއް ކުރެއްވުމަށް ހަމަޖެހިފައި ވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސްގެ ދަތުރުފުޅާ ގުޅޭގޮތުން އިންޑިއާގެ ހިންދުސްތަން ޓައިމްސް އިން ބުނީ ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހަށެވެ. އަދި މިމަހުގެ 8 ވަނަ ދުވަހު އިންޑިއާގެ ބޮޑު ވަޒީރާއެކު، ރައީސް މުއިއްޒު މަޝްވަރާތައް ބޭއްވެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ނޫހުގައިި ބުނެފައިވެ އެވެ.

އިންޑިޔާގެ ހިންދުސްތާން ޓައިމްސްގައި ރިޕޯޓްކޮށްފައިވަނީ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ހާރިޖީ ދާއިރާއިން ގުޅުން އިތުރަށް ރަނގަޅު ކުރުމަށް މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމައެއާއެކު މާލީ ދާއިރާއިން އެހީތެރިކަން ހޯދުމަށް ދިވެހި ސަރުކާރުގެ ހުށަހެޅުންތަކެއް، އިންޑިއާ ސަރުކާރަށް ހުށަހަޅާނެކަމަށް ބެލެވޭކަމުގައި އެ ނޫހުގައި ބުނެފައިވެ އެވެ.

މި ސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު ހީނަރުވެފައި އޮތް ރާއްޖެއާއި އިންޑިއާގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ ލޯނު ޕޭމެންޓްތައް ދެއްކުމުގެ މުއްދަތުތައް ފަސްކޮޮށްދިނުމަށް އެގައުމުން މިހާރު ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން