ދޯންޏެއް މަސް އައިނަކުން މަސްބާނަނީ؛ މަސްވެރިން ކިރުވާ މަހަށް ދުވަހުން ދުވަހަށް ފައިސާ ނުދެވޭ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެއް
ދޯންޏެއް މަސް އައިނަކުން މަސްބާނަނީ؛ މަސްވެރިން ކިރުވާ މަހަށް ދުވަހުން ދުވަހަށް ފައިސާ ނުދެވޭ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެއް
މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ނުދިނުމަކީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީގެ ފެއިލްވުމެއް ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ކުރީގެ ރައީސް ޑރ. ޢިބްރާހިމް ދީދީ މިހެން ވިދާޅުވީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހިތްހަމަނުޖެހުން ފާޅުކޮށް، ގއ. ކޫއްޑޫގައި މަސްވެރިން އިހުތިޖާޖު ކޮށްފައިވަނިކޮށެވެ.

ކޫއްޑޫގައި މުޒާހަރާ ކުރި މަސްވެރިން ބުނެފައިވަނީ މިފްކޯއިން މަސް ނެގުމަށްފަހު، ފައިސާ ނުދޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ޑރ. ޢިބްރާހިމް ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްވެރިން ވިއްކާ މަސްކޮޅަށް ވަގުތުން ފައިސާ ނުދެވުމަކީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީގެ ފެއިލްވުމެއް ކަން ކަށަވަރު ކަމަށެވެ.

މަސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ ޒިންމާ އެއްކަން ޑރ. ޢިބްރާހިމް ދީދީ ވަނީ ފާހަގަކުރައްވާފައެވެ.

ބައެއް މީޑިޔާ ތަަކަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވީ މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި މާދަމާ ވެސް ފައިސާގެ ބައެއް، މަސްވެރިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މި މަހުގެ ދެވަނަ ދުވަހު 15 މިލިއަނެއްހާ ރުފިޔާ ދޫކުރި އިރު، އަދި 33 މިލިއަނެއްހާ ރުފިޔާ ނުދެވި ހުރި ކަމަށާއި އެ ފައިސާ މާދަމާއިން ފެށިގެން ދޫކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފްކޯގެ ކެޕޭސިޓީއަކީ ދުވާލެއްގެ މައްޗަށް 300 ޓަނުގެ މަސް ކަމަށާއި އެއީ ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ކޯވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި މަހަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ދަށްވެފައި ވާތީ، މިފްކޯއަށް މަސް ގަންނަ އަގަށްވުރެ ކުޑަ އަގުގައި އެކްސްޕޯޓު ކުރަން ޖެހުމުން، އެ ކުންފުނީގެ ކޭޝް ފުލޯ މެނޭޖް ކުރަން ބޮޑެތި ދަތިތަކެއް ހުރިކަން މިފްކޯގެ ސީއީއޯ ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

މޮހޮދޭ

23-Aug-2020

ޒަހާ ބޭރު ކޮއްލަންވީ އެ ފެއިލްވެފައިވާ މިހެއް


-3

މޮހޮދޭ

23-Aug-2020

ޒަހާ ބޭރު ކޮއްލަންވީ އެ ފެއިލްވެފައިވާ މިހެއް


-6

ހަސަން

23-Aug-2020

ޑިޑީ ތަ ދެން ޅަންވީ



ޓްރެންޑިން