އަމިއްލަ އިސްނެންގެވުމުގައި ކުރީގެ ޕީޖީ ހުސައިން ޝަމީމްގެ ނިންމުންތައް ބަދަލުކުރެެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ޕީޖީ އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރީ ބައެއް ނިންމުންތައް ގޯސްކަމަށް ރައްޔިތުންގެ މަޖިލީހަށް ފާހަގަކުރެވިގެންނެވެ. އޭނާ މަގާމުން ވަކިކުރީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެެވެ.
ޕީޖީ އޮފީހުގައި ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ، ކުރީގެ ޕީޖީ ހުސައިން ޝަމީމް މަގާމުން ވަކިކުރީ ބައެއް ނިންމުންތައް ގޯސްކަމަށް ރައްޔިތުންގެ މަޖިލީހަށް ފާހަގަކުރެވިގެން ކަމަށް ވިޔަސް، އަމިއްލަ އިސްނެންގެވުމުގައި އެ ނިންމުންތައް ބަދަލުކުރެެއްވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. މަގާމާ ހަވާލުވެވަޑައިގެން ފަހުން އެކިއެކި ގޮތްގޮތުން ވަރަށް ގިނަ ޝަކުވާތައް ލިބެމުން އަންނަ ކަން ފާހަގަކުރައްވަމުން ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ ޕީޖީ އޮފީހާ ގުޅޭ ގޮތުން ރަސްމީކޮށް ޝަކުވާ ހުށަހަޅަން މިއަދުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން ކުރިއަށް އޮތް 20 ދުވަހުގެތެރޭގައި ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޕީޖީގެ ކޮންމެ އޮފީހަކަށް ގޮސްގެންނާއި އެ އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ވެސް މިހާރު ޝަކުވާ ހުށަހެޅޭނެ ކަމަށް އައްބާސް ވިދާޅުވިއެވެ. ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހަޅައިފި ނަމަ، އެ މައްސަލަތައް ރިވިއުކުރުމަށް އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީއަކުން ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު، އަޅުގަނޑުގެ ވިސްނުމެއް ނެތް އަމިއްލައަށް އިސްނަގައިގެން ރިވިއުކުރާކަށް،" ޕީޖީ ވިދާޅުވިއެވެ.
ޕީޖީ އިތުރަށް ވިދާޅުވީ ޝަކުވާ ހުށަހަޅަން މިއަދު ހުޅުވައިލި 20 ދުވަހުގެ ފުރުސަތުގައި ހުށަހަޅުއްވާ ހުރިހާ މައްސަލައެއް ވެސް ބައްލަވާނެ ކަމަށެެވެ. އެއްވެސް މައްސަލައެއްގައި ކުރިން ޕީޖީ އޮފީހުން ނިންމާފައި އޮތް ނިންމުމެއް ބަދަލުކުރާނަމަ، އެކަން ކުރަން ޖެހުނު ސަބަބު ރައްޔިތުންނަށް ސާފުކޮށްދެއްވާނެ ކަމަށާއި ނިންމުން ބަދަލުނުކުރާ ނަމަ، ޝަކުވާ ހުށަހެޅުއްވި ފަރާތަށް އެކަން އަންގާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު