ނޭޕާލަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެގައުމުގެ އެތައް ރައްޔިތުންނެއްގެ ފުރާނަ ގެއްލުނު ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
އަދި މި ހާދިސާގެ ސަބަބުން އަނިޔާވި އެންމެހާ ރައްޔިތުންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވާ، ގެއްލިގެން ހޯދާ ރައްޔިތުން ސަލާމަތުން ފެނުމަށް އުންމީދުކުރައްވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިފަދަ ހިތާމައިގެ ދަނޑިވަޅުގައި ނޭޕަލާއެކު ރާއްޖެ ސާބިތުވެ އޮތްކަމަށް ރައީސްގެ މެސެޖްގައި ވިދާޅުވިއެެވެ.
ނޭޕާލްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް ވަނީ 66 މީހުން މަރުވެފައެވެ. އަދި އެ ހާދިސާގައި 69 މީހަކު ގެއްލިފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެެވެ.

Deeply saddened by the tragic news of floods and landslides in Nepal, which have resulted in the loss of precious lives and numerous injuries. My heartfelt sympathies to Prime Minister @kpsharmaoli and the bereaved families. I wish for a swift recovery for the injured and the…
— Dr Mohamed Muizzu (@MMuizzu) October 1, 2024
އަދި މި ހާދިސާގެ ސަބަބުން އަނިޔާވި އެންމެހާ ރައްޔިތުންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވާ، ގެއްލިގެން ހޯދާ ރައްޔިތުން ސަލާމަތުން ފެނުމަށް އުންމީދުކުރައްވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިފަދަ ހިތާމައިގެ ދަނޑިވަޅުގައި ނޭޕަލާއެކު ރާއްޖެ ސާބިތުވެ އޮތްކަމަށް ރައީސްގެ މެސެޖްގައި ވިދާޅުވިއެެވެ.
ނޭޕާލްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް ވަނީ 66 މީހުން މަރުވެފައެވެ. އަދި އެ ހާދިސާގައި 69 މީހަކު ގެއްލިފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެެވެ.
ކިޔުންތެރިންގެ ހިޔާލު