އިސްރާއީލުން ލުބުނާނަށް ދެމުން ގެންދާ ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.

ރައީސް މުއިއްޒު "އެކްސް" ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލުން ލުބުނާނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމުގެ އަމަލުތަކުގެ ސަބަބުން ލުބުނާންގެ އާންމުން މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ. އަދި މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިސްރާއީލްގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ޚިލާފުކަމެއް ކަމަށެވެ. ލުބުނާނާއި ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިކަމުގައި އިސްރާއީލް ޖަވާބުދާރީ ކުރުވުމަށް ވެސް އެމަނިކުފާނު ވަނީ ބައިނަލްއަގުއާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

އިސްރާއީލް ސިފައިން ގެންދަނީ ހުއްޓުމެއް ނެތި ލުބުނާނަށް ހަމަލާ ދެމުންނެެވެ. މިދިޔަ ހުކުރު ދުވަހު އިސްރާއީލުން ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ގެ ލީޑަރު ޙަސަން ނަޞރުﷲ އަވަހާރަކޮށްލައިފައިވާއިރު މި ހަމަލާތަކުގައި މިހާތަނަށް އެގައުމުގެ 1000 އަށް ގިނަ މީހުން ޝަހީދުވެ އެތަށް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން