ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރަން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުން މަޖުބޫރުކުރަން މަޖުބޫރުކުރުމާއެކު ބްލެކް މާކެޓްގައި ޑޮލަރުގެ އަގު ކުޑަކޮށް ތިރިވެއްޖެ އެވެ.
ފާއިތުވި ދުވަސްތަކުގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އަރަމުން ގޮސް އިއްޔެއާ ހަމައަށް 19 ރުފިޔާއަށްވެސް އެރި އެވެ.
ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކުން ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދެއް އެކުލަވާލައި އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.
އެކަމާ ގުޅިގެން ރަސްއިން ޑޮލަރު މާރުކުރުމުގެ ހިދުމަތްދޭ ބައެއް ތަންތަނަށް ގުޅުމުން ބުނީ މިހާރު ޑޮލަރެއް ވިއްކަނީ 18.70ރ. އާއި 18.80ރ. އާއި ދެމެދުގެ އަގުތަކެއްގައި ކަމަށެވެ.
ޑޮލަރުގެ އަގު މި ފަހުން ބޮޑަށް އުފުލުނީ ބޭންކް އޮފް މޯލްޑިވްސްއިން ރުފިޔާ އެކައުންޓްތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމި ނިންމުމާ ގުޅިގެން ޑޮލަރުގެ ތާށިކަން އަދިވެސް ބޮޑުވެދާނެ ކަމަށް ބެލެވިގެން ނެވެ. އެ ނިންމުމާއެކު ޑޮލަރުގެ އަގު 18.60 އިން މައްޗަށް އަރައިގެން ދިޔަ އެވެ. ބޭންކުގެ ނިންމުން މަދު ގަޑިއިރެއްގެ ތެރޭގައި ބަދަލުކުރުމުން ވެސް ޑޮލަރުގެ އަގު ތިރިއެއް ނުވި އެވެ.
އަދި އޭގެ ފަހުން ސްކޫލު ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަދަދު އިތުރުވުމުން ވެސް ޑޮަލަރުގެ އަގު އިތުރަށް އުފުލުނެެވެ.
ނަމަވެސް އައި ޤަވާޢިދާއެކު ބޭންކުތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން ބްލެކް މާކެޓްގެ ރޭޓް ވަރަށް ބޮޑަށް ދަށަށް ދާނެ ކަަމަށް ވަނީ ބެލެވިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު