ޕަބްލިކް ވޯކްސްއިން ދޭ ހިދުމަތްތައް ރަނގަޅުކުރުމަށް އައްޑޫއަށް ހާއްސަ ޓީމެއް ފޮނުވަން ނިންމާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ސިޓީތަކާއި ބެހޭ ވުޒާއިން ބުނީ މި ހަފުތާގެ އާދީއްތަ ދުވަހު އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަލީ ނިޒާރާއި އެ ކައުންސިލުގެ ބައެއް މެމްބަރުންނާއެކު ކުރެވުނު މަޝްވަަރާތަކާ ގުޅިގެން އައްޑޫ ސިޓީއަށް އެ ވުޒާރާގެ ޓީމެއް ފޮނުވާ ގޮތަށް ވަޒީރު އާދަމް ޝަރީފު އުމަރު ނިންމަވާފައިވާ ކަމަށެވެ.

ވަޒީރު ވަނީ އައްޑޫ ސިޓީގެ މޭޔަރާއި، އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރުންނާ ބައްދަލުވީތީ ނުހަނު އުފާކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ކައުންސިލާއި އެކު ބޭއްވި މި މަޝްވަރާތަކާ ގުޅިގެން އައްޑޫ ސިޓީ ޕަބްލިކް ވޯކްސްއިން ދެމުން އަންނަ ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންތައްތައް ދެނެގަތުމަށް ސިޓީސް މިނިސްޓްރީގެ ސިޔާސީބޭފުޅުންނާއި، ސިވިލް ސާވިސްގެ މުވައްޒަފުން ވެސް ހިމެނޭ ޓީމެއް ވަރަށް އަވަހަށް އައްޑޫ ސިޓީއަށް ފޮނުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން