އިއްޔެ ސަރުކާރުން އަމަލުކުރަން ފެށި ބޭރު ފައިސާއާ ގުޅޭ އާ ނިންމުމުން މަހުޖަނުންނަށް ވުރެ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މުހިންމުކަން ހާމަވެގެން ހިނގައްޖެކަމަށް ރީޖަނަލް އެއާޕޯޓް ކޮމްޕެނީ (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
އެމްއެމްއޭއިން އިއްޔެ އަަމަލުކުރަން ފެށި ގަވާއިދުގެ ދަށުން ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކުން ޑޮލަރު މާރުކުރަންޖެހޭނެ އެވެ.
އެގޮތުން ޓޫރިސްޓް ރިސޯޓުތަކުން ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހޭއިރު ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.
އެ ނިންމުމަށް ސަރުކާރުގެ އިސް ބޭފުޅުންނާއި އާންމުންވެސް މިހާރު ދަނީ ތައުރީފް ކުރަމުން ނެވެ.
އެކަމާ ގުޅިގެން މުބީން އެކްސްގައި މިއަދު ވަނީ އެފަދަ ނިންމުމެއް ނިންމުވިކަމަށްޓަކައި ރައީސް ޑރ. މުޙަންމަދު މުއިޒުއަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މިކަމުން ހާމަވެގެންދަނީ މުއްސަނދި މަހުޖަނުންނަށްވުރެ ގައުމު ބޮޑުކަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ރައްޔިތުންގެ ހައްގުގެ މުހިންމުކަން. މިނިންމުމާއި އެކު ދިވެހިރާއްޖެއަށް ގިނަގުނަ ފައިދާ ތަކެއް ކުރާނެކަން ޔަގީން." މުބީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު