އަހުޒަމް އަޙްމަދު   2 އޮކްޓޯބަރު 2024 - 14:41
ރާއްޖޭގެ ރަށެއްގައި ދުވަސްވީ ދެ މީހަކު ޖޯލީގައި-- ފޮޓޯ/ ރަސް އޮންލައިން
ރާއްޖޭގެ ރަށެއްގައި ދުވަސްވީ ދެ މީހަކު ޖޯލީގައި-- ފޮޓޯ/ ރަސް އޮންލައިން
ރާއްޖޭގެ ދުވަސްވީ މީހުންގެ އާބާދީ 20،000 އިން މަައްޗަށް އަރާފައިވާކަން ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ،.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އުމުރުން 65 އަހަރުން މަތީގެ ރާއްޖޭގެ ޖުމްލަ އާބާދީއަކީ 20،500 އެވެ. އެއީ 10،530 ފިރިހެނުންނާއި 10،023 އަންހެނުންނެވެ.

ދުވަސްވީ މީހުންގެ އާބާދީގެ އުމުރު ފުރާގެ ތެރެއިން ގިނަ މީހުންނަކީ 65 އަހަރާއި 74 އަހަރާއި ދެމެދުގެ މީހުން ނެވެ. އެެއީ 13،003 މީހުން ނެވެ.

އަދި 75 އަހަރާއި 84 އަހަރާއި ދެމެދުގެ މީހުންގެ އާބާދީއަކީ 5774 އެވެ.

އުމުރުން 85 އަހަރުން މަތީގެ އާބާދީއަކީ އެންމެ 1776 މީހުން ނެވެ.

ދުވަސްވީ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ދިރިއުޅެނީ މާލޭގަ އެވެ. އެއީ 6660 މީހުން ނެވެ. ދެން އެންމެ ގިނައީ އައްޑޫ ސިޓީގަ އެވެ. އެއީ 1802 މީހުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން