ރ.އަތޮޅު އަލިފުށީގައި "ވިލެޖް ވީވަރ" ދޫނި އާލާކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ފަށާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އަލިފުށީ ކައުންސިލުން ބުނީ އެރަށުގައި މި ދޫނި އާލާކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހަތަރު ޖޯޑު ވިލެޖް ވީވަރ ރަށުތެރެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އިއްޔެ ދޫކުރި މި ދޫނިތައް ހިފާ ނުހެދުމަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ވިލެޖް ވީވަރ އަކީ މިހާރު ރާއްޖޭގެ ބައެއް ރަށްރަށުގައި އާލާކޮށްފައިވާ ދޫންޏެއް ކަމަށް އަލިފުށި ކައުންސިލުން ބުނާއިރު އެ ދޫނި އަލިފުށީގައި އާލާކުރަން ނިންމީ މިހާރު އާލާކޮށްފައިވާ ބައެއް ރަށްރަށުން އެއްކުރެވުނު މައުލޫމާތައް ބެލުމަށް ފަހު އޭގެ ސަބަބުން ފައިދާތަކެއް ލިބޭނެތީ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ މި ދޫނިތަކުގެ ސަބަބުން ގަސްގަހުގައި އަޅާ، ގަހަށް ގެއްލުންދޭފަދަ ފަނިފަކްސާތައް ކޮންޓްރޯލް ކުރެވި އޭގެ ފައިދާ ވެއްޓަށް ލިބިގެންދާނެ ކަމަށެވެ. އަދި މި ދޫންޏަކީ ސައިޒުގެ ގޮތުން ކުޑަ ދޫންޏެއް ނަމަވެސް ކާޅަށް އެއަށް ގެއްލުން ނުދެވޭނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި ދޫނި އާލާކުރުމަށް ރަށުތެރެއަށް ދޫކޮށްލުމަށް ފަހު އެސޮރުމެން ފެންނަ ހިސާބަށް ފުރަތަމަ ދުވަސްކޮޅުގައި ކޮންމެވެސް ވަރަކަށް ކާން އަޅަން ޖެހޭނެ ކަމަށާއި ނަމަވެސް ވަކި ތަނެއް ނުވަތަ ވަކި ސަރަހައްދެއްގައި ދޫނިތައް ’ސެޓްލް‘ ވުމުން ކާން ދޭން ނުޖެހޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން