ރާއްޖެއަށް ވަންނަ ބޭރު ފައިސާއާ ބެހޭ ގަވާއިދަކާއި ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ރުފިޔާގެ ޑިމާންޑު އުފެއްދޭނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވީ އައު ގަވާއިދުގެ މަގުސަދަކީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުކުރުން ކަމަށެވެ. ގަވަރުނަރު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތުން ބޭންކިން ނިޒާމަށް ވަންނަނީ އެންމެ ތިނެއް އިންސައްތަ ޑޮލަރުކަމަށާއި، އައު ގަވާއިދުގެ ދަށުން ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުގެ ޢަދަދު އިތުރުވެ ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑު އިތުރުވާނެކަމަށެވެެ.

އެގޮތުން ގަވަރުނަރު ވިދާޅުވީ މިހާރު އެމްއެމްއޭއަށް މާރުވާ ފައިސާއިން ބޭންކިން ނިޒާމަށް އަހަރެއްގެ މައްޗަށް ދެވެނީ 300 ނުވަތަ 400 މިލިއަން ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް އިއްޔެ އަމަލުކުރަންފެށި ގަވާއިދުގެ ދަށުން އަހަރެއްގެ މައްޗަށް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު ދެ ގުނަ ވެގެންދާނެ ކަމަށް ގަވަނަރު ވިދާޅުވިއެވެ. އަދި މިގޮތަށް އެމްއެމްއޭއަށް ބޭރުފައިސާ ނަގަން ފެށުމުން، އެ ނަގާފައިސާ އަނބުރާ ބޭންކުތަކަށް ބޭނުންވާ ބޭރުފައިސާ ހަމަޖެއްސުމަށް ދިނުމުން ޑޮލަރު ލިބުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް ގަވަރުނަރު މުނައްވަރު ފާހަގަކުރެއްވިއެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ގެނެސްފައިވާ އިޞްލާހުގެ ދަށުން، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ދިވެހި ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަންޖެހެއެވެެ. މިގޮތުން ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރުން ލާޒިމްކޮށްފައިވާއިރު، ރަށްރަށުގެ ގެސްޓް ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 25 ޑޮލަރު ބޭންކަށް މާރުކުރަންޖެހޭނެ ކަމަށް އާ ގަވާއިދުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން