އިންޑިއާގައި އުފައްދައިގެން ރާއްޖެ އެތެރެކުރާ ބައެއް ބޭހުގައި ކޮލެޓީގެ މައްސަލަތަކެއް ފާހަގަވާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އެދިއްޖެއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާ 16 އުފެއްދުމެއްގައި ކޮލެޓީއާއި ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާތީ އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ އެ ގައުމުގެ އިދާރާ ސީޑީއެސްސީއޯ އިން އެލާޓް ކޮށްފައިވާކަމަށެވެ.
އެހެންކަމުން، ރާއްޖޭގެ މާކެޓުގައި އަދި އެޕްރޫވުޑް ޑްރަގް ލިސްޓްގައި އެ ބޭސްތައް ހިމެނޭތޯ ބެލުމަށް އިވެލުއޭޝަނެއް ހަދާފައިވާނޭ ކަމަށާއި ނަމަވެސް، އެ ލިސްޓްގައި ހިމެނޭ އެއްވެސް ބޭހެއްގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓު ކުރުމަށް ކަނޑައެޅިފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އިމްޕޯޓު ކޮށްފައި ނުވާކަން ޔަގީން ވެފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ނަމަވެސް އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ އެކަމަށް ދިވެހީން ސަމާލުވާން އެމްއެފްޑީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
އިއްޔެ ވެސް އެމްއެފްޑީއޭއިން ވަނީ އިންޑިއާގައި އުފައްދާ 48 ބޭހެއްގައި މައްސަލަ އުޅޭ ކަމަށް އެ ގައުމުގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާއިން އަންގާފައިވާތީ ސަމާލުވާން އެދިފައެވެ.

— MFDA (@MFDA_mv) October 2, 2024

ކިޔުންތެރިންގެ ހިޔާލު