ރާއްޖޭގެ އެތަކެއް ރައްޔިތުން ބަނޑުފުރާ މުއްތިކުރުމަށްޓަކައި ރެއާ ދުވާލު ކަނޑުމަތީގައި ކުރަމުންދާ ބުރަ މަސައްކަތަށް ލިބެންޖެހޭ އުޖޫރަ ނުދޭނަމަ އެއީ އެތަކެއް އާއިލާއަކަށް ދެވޭ ވަރަށްބޮޑު ދެރައެއް ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށް މަޝްހޫރު ފުބޯޅަ ކުޅުންތެރިޔާ އިމްރާން މުހައްމަދު އިލްތިމާސްކޮށްފިއެވެ.

ކޫއްޑޫ އަށް ކިރުވި މަހުގެ ފައިސާ ނުލިބި ލަސްވާތީ މަސްވެރިންގެ ބަޔަކު ކޫއްޑޫ އޮފީސް ކުރިމައްޗަށް އެއްވެ ވަނީ އަޑު އުފުލާފައެވެ. އެއްވި މީހުން ބުނަމުން ދިޔައީ ބިލްތަކަށް ފައިސާ ނުލިބި ލަސްވާތީ ވަރަށް ބޮޑަށް ދަތިވާ ކަމަށާއި އެހެންވެ ފައިސާ އަވަހަށް ދިނުމަށެވެ. އަދި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭ ނަމަ އިސްތިއުފާ ދިނުމަށް ވެސް އެއްވި މީހުން ގޮވާފައިވެއެވެ.

މިކަމާއި ގުޅިގެން މަސްވެރިކަމަށް ޝައުގުވެރިކަން ހުންނަ މަސްވެރި އާއިލާއަކަށް ނިސްބަތްވާ އިމްރާން ކުރި ޓުވީޓްގައި ބުނެފައިވަނީ މަސްވެރިން ބާނާ މަހަށް އެކަށީގެންވާ އަގު ލިބެންޖެހޭކަމަށެވެ. އެކަން ނުވަންޏާ ހާލުގައި ޖެހިގެންދަނީ ރާއްޖޭގެ އެތަކެއް އާއިލާއެއްކަމަށް އިމްރާން ބުނެފައިވެއެވެ. ރާއްޖޭގެ ބޮޑު އިންސައްތައަކީ މަސްވެރިކަމުން ލިބޭ މަންފާއިން ޚަރަދު ހަމަޖައްސަން ޖެގޭ މީހުން ކަމަށްވާއިރު އެޚަރަދު ދެކޮޅު ނުޖެއްސޭނެ ގޮތަކަށް ކަންކަން އިންތިޒާމު ވެފައިވާނަމަ އެއީ ވަރަށް ދެރަކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

"މަސްވެރިން ބާނާ މަސްކޮޅަށް އެކަށީގެންވާ އަގެއް ނުލިބި އަދި ފައިސާކޮޅު ނުލިބޭކަމަށް ވަންޏާ ބިކަވެ ހާލުގައި ޖެހޭނީ އެތަކެއް އާއިލާއެއް. ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް މަސްވެރިކަމުން ލިބޭ އާމްދަނީން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސާ." މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އިމްރާން މުހައްމަދު ބުނެފައިވެއެވެ.

މަސްވެރިން ކުރާ މަސައްކަތަށް ހަމަ އަގު ހޯދައި ދިނުމަކީ މިސަރުކާރުގެ ވައުދެކެވެ. ނަމަވެސް ކިރާ މަހަށް ހަމަ އަގު ނުލިބުމާއި، މަސްނުކިރުމާއި، ބޭނުންވާ މިންވަރަށް އައިސް ނުލިބި، މަސްވެރިން ބާނާ މަސްކޮޅު އުކާލަން ޖެހޭ ކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން