ބޭރު ފައިސާ މާރުކުރުމުގެ އުސޫލަށް މިދިޔަ އަންގާރަ ދުވަހު ގެނައި އުސޫލާ ގުޅިގެން އެކަމާ ދެކޮޅަށް އަމާޒުވި ފާޑުކިޔުންތަކަށް ރާއްޖޭގެ މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އެމްއެމްއޭއިން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަަމަލުކުރަން ފެށި ގަވާއިދުގެ ދަށުން ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކުން ޑޮލަރު މާރުކުރަންޖެހޭނެ އެވެ.
އެގޮތުން ޓޫރިސްޓް ރިސޯޓުތަކުން ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހޭއިރު ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ބޭންކަކުން ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.
އެ ނިންމުމާ ގުޅިގެން ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ފާޅުގައި އަދި އެއްޗެއް ވިދާޅުވެފައި ނެތް ނަމަވެސް ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސްބޭފުޅުން ހިމެނޭ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ އެ ނިންމުމާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
މަޓީއިން ބުނީ ސަރުކާރުން އެ ނިންމުން ނިންމީ އެ ފަރާތާއެކު ކުރެވުނު މަޝްވަރާތަކާ އެއްގޮތަށް ނޫން ކަމަށެވެ. އަދި އެމްއެމްއޭއިން ހުށަހެޅި ކަންކަމަކީ މަޓީއަށް އެއްބަސްވެވޭ ކަންކަމެއް ނޫން ކަމަށް ބުނެފައިވާނެ ކަމަށް މަޓީން ވަނީ ހާމަކޮށްފަ އެވެ.
އެ މައްސަލައަށް އިޝާރާތްކޮށް ނަފާ ނަސީމް އެކްސްގައި ވިދާޅުވީ މިރާއްޖޭގައި ހަދާ ކޮންމެ ރަނގަޅު ގަވާއިދަކުން ވިޔަފާރިވެރި މަހުޖަނުންނަށް ގެއްލުންވާކަމަށް ބައެއް ވިޔަފާރިވެރިން އަބަދުވެސް ބުނަމުންދާ ކަމަށެވެ.
"ޑޮލަރު ގެ ކަޅުބާޒާރަކީ އެމީހުނަށް ރަންވަޅެއް ދޯ" ނަފާ ނަސީމް ވިދާޅުވި އެވެ.
"ރިސޯޓު ހޮޓާތަކަށް ލިބޭ ޑޮލަރު އާމްދަނީގެ ކުޑަމިންވަރެއް (ކަޅު ބާޒާރަށް) ނުނެރެ (ބެންކިންގ ނިޒާމު ތެރަށް) ލައިދޭށޭ ބުނީމާ،
ރައްޔިތުންނަށް އޮޅުވާލަން މި ބުނަނީ އެއީ ވަރަށް ބޮޑު ގެއްލުމެކޭ.. ޓޫރިޒަމް އިންޑަސްޓްރީ ފުނޑޭނޭ.. އެހެން ނުހައްދަވާ! ޕްލީޒް" ނަފާ ނަސީމް އެކްސްގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު