ގިނަބައެއްގެ ފާޑުކިޔުން އަމާޒުވުމުން، އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި މަސްފެންގަނޑު ހަދަން އިސްލާމިކް މިނިސްޓްރީން ކުރި އިއުލާން ބާތިލުކޮށްފި އެވެ.

މުންނާރު ކައިރީ މަސްފެންގަނޑު ހަދައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއްުޔެ ކުރި އިއުލާން ބާތިލުކޮށްފައިވާއިރު މި މަސައްކަތް ކުރަން މިނިސްޓްރީން ނިންމީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންށެވެ.

މި އިއުލާން އާންމު ކުރުމާއެކު ރައްޔިތުންގެ ފާޑުކިޔުންތައް މިނިސްޓްރީއަށާއި ސަރުކާރަށް އަމާޒުވިއެވެ. އެގޮތުން ރައްޔިތުން ބުނީ ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތް ކަމަށް ވާހަކަ ދައްކަމުންދާ މިދަނޑިވަޅުގައި އެފަދަ މަސައްކަތެއް ކުރަން އުޅޭތީ އެކަމާ ނުރުހޭ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިވަގުތު އޮތް ގޮތުން އިއުލާނު ބާތިލުކުރަން ނިންމާފައިވާ ކަމަށެެވެ.

"އިގްތިސާދު އޮތް ގޮތުން މިވަގުތު މި ބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ މި އިއުލާން ބާތިލުކުރަން ވާނީ އަންގާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވިީ އެއީ އިސްލާމީ މަރުކަޒު އިމާރާތް ކުރީއްސުރެ މުންނާރުގެ ތިރީގައި ހަދާފައިވާ ފެންގަނޑެއްކަމަށެވެ. މިނިސްޓްރީން އިއުލާންކުރީ އެތަން މަރާމާތު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން