ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްސަދުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް ގެ އެހީގައި ހިންގާ ގްރޭޓަރ މާލެ ވޭސްޓް މެނޭޖްމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް ޓު އެނާރޖީ ޕްރޮޖެކްޓްގެ ދަށުން، މިނިސްޓްރީ އޮފް ފައިނޭންސް އަދި ހައުސިން ޑެވެލޮ ޕްމަންޓް ކޯޕަރޭޝަން އާއެކު ބިމުގެ ޓްރައިޕާޓީ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއި
ކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހިމް އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް ގެ ފަރާތުން ސޮއިކުރައްވައިފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް އަހްމަދު މާޒިން އެވެ. އަދި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވައިފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.
ކުނި މެނޭޖްކުރުމުގެ ޤާނޫން އަދި މަގޭސާފު ރާއްޖެ ސިޔާސަތާއި ސްޓްރެޖީތަކާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒަމާނީ ފެންވަރެއްގައި ހަރުދަނާ އަދި ދެމެހެއްޓެނިވި އުސޫލެއްގެ މަތިން ކުނިމެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ވޭސްޓް ޓްރާންސްފަރ ފެސިލިޓީ އެޅުމަކީ ވަރަށް މުހިންމު މަސައްކަތެކެވެ.
އެގޮތުން މިއަދު ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އެޅުމަށް ގާތްގަނޑަކަށް 1 ހެކްޓަރުގެ ބިމެއް ހަމަޖެހިގެންދާނެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރައްވާފައިވާގޮތުގައި، މިމަޝްރޫޢުގެ އިމާރަތު ޑިޒައިން ނިންމުމަމަށް ފަހު މަސައްކަތް ފަށާތާ 18 މަސްދުވަސްތެރޭގައި ނިމޭނެއެވެ. މިނިސްޓްރީން އަންދާޒާ ކުރާ ގޮތުން މިމަޝްރޫޢުއަށް 13 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ
ކުރެދިމާލަމުގައި މިއަދު ބޭއްވި ކުޑަ ޙަފްލާއެއްގައިއެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމްއެވެ. މިހަފްލާގައި އެންވަޔަރަންމަންޓް މިނިސްޓްރީ، ހައުސިންގް ޑެވެލޮޕްމަންޓް ކޯ ޕޮރޭޝަން، މިނިސްޓްރީ އޮފް ފައިނޭންސް، އަދި ވެމްކޯގެ އިސްބޭފުޅުންވެސް މިހަފްލާގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު