ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއެކު އެކުލަވާލާ 20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓަ ޕްލޭނަށް އޮސްޓްރޭލިއާގެ ފަންނީ އެހީތެރިކަން ހޯދަން ސަރުކާރުން ނިންމައިފިއެވެ.

ދިވެހި ސަރުކާރުން ބުނީ 20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓަ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް އޮސްޓްރޭލިއާގެ ފަންނީ އެހީތެރިކަން ހޯދަން ދިވެހި ސަރުކާރުން އެ ގައުމާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ 20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓަ ޕްލޭނެއް އެކުލަވާލުމާއި އެކަމާ ގުޅޭ ފަންނީ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ލެޓަރ އޮފް އެކްސްޗޭންޖް އެއްބަސްވުމުގައި އޮސްޓްރޭލިއާގެ ސަރުކާރާ އެކު ދިވެހި ސަރުކާރުން ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ. އަދި އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕްއެވެ.

ސަރުކާރުން ބުނީ އޮސްޓްރޭލިއާ ސަރުކާރުން ފަންޑުކުރާ ޔޫއެންޑީޕީގެ އިންޓަގްރޭޓެޑް ގަވަނަންސް ޕްރޮޖެކްޓްގެ ދަށުން މި މަސައްކަތަށް 900،000 އޮސްޓްރޭލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސްގެ ވައުދާއެކު އެކުލަވާލާ ރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓަ ޕްލޭންގެ މަސައްކަތް ފަށަން ކެބިނެޓުން ނިންމީ މިދިޔަ މަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން