ކޯވިޑް19 އާއި ގުޅިގެންވެސް އަދި އެނޫން ހާލަތްތަކުގައިވެސް މިސަރުކާރަށް އެއްވެސް ކަމެއް މެނޭޖެއް ނުކުރެވުނު ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ސަރުކާރު އިސްތިއުފާ ދިނުންކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކަންކަން ކުރަމުންދާ ގޮތްތަކަށް ފާޑުކިޔުން ބޮޑުވެފައިވާ މިދަނޑިވަޅުގައި އަބްދުއްރަހީމް ވިދާޅުވީ ދިމާވާ ކޮންމެ ކަމެއްގައި ފެންނަނީ ސަރުކާރު ބޮއްސުންލައި ފާލުން ނެއްޓޭ މަންޒަރުކަމަށެވެ. މިއަދު ރާއްޖޭގެ ކޯވިޑްގެ ހާލަތު ކޮންޓްރޯލް ނުކުރެވި ބޮއްސުން ލާފައިވާއިރު މިކަމަށް ކުރެވޭނެ ކަމެއްނޭގި ގޮތް ހުސްވެފައިވާ މަންޒަރު ނޫން މަންޒަރެއް ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

މިހާލަތާއި ގުޅިގެން ޤައުމުގެ އިޤްތިޞާދު ބޮޑު އަނދަވަޅަކަށް ވެއްޓި، އިޤްތިޞާދު ކޮޅަށް ޖަހާނެ ގޮތެއް ނޭގިފައި ތިބުމީ ގައުމުގެ މުސްތަގުބަލާއިމެދު ކަންބޮޑުވުން އިންތިހާއަށް އޮތްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދު މިކަންކަމާއި ކުރިމަތިލައި ރަނގަޅު މިސްރާބަކަށް ދާނެ އެއްވެސް ގޮތެއް ސަރުކާރުގެ އެއްވެސް ވެރިޔަކަށް ނޭގޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ގައުމު މެނޭޖެއް ނުކުރެވުނު. ކޮވިޑް މެނޭޖެއް ނުކުރެވުނު. އިގްތިޞާދު މެނޭޖެއް ނުކުރެވުނު. ކުރާނެކަމެއް، ހަދާނެގޮތެއް، ބުނާނެ ބަހެއް، އުޅޭނެ ގޮތެއް އަދި ކިއެއްތަ ވާއެއް ނުވާއެއްވެސް ރައީސް ޞާލިޙަކަށް، ނަޝީދަކަށް ވަޒީރަކަށްވެސް ނޭނގުނު. ދެން ރަނގަޅުވާނީ އަވަހަށް އިސްތިޢުފާ ދިނުން." އަބްދުއް ރަހީމް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އަމަލުކުރަމުންދާ ދޯހަޅި ސިޔާސަތުތަކަށް ގިނަބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް ބަލި ކޮންޓްރޯލްނުވެ ނުރައްކާތެރި ހާލަތަކަށް ގައުމުގެ ހާލަތު ގޮސްފައިވަނީ މިކަމުގައި އަަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސިޔާސީ ނުފޫޒު ވަމުންކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އަދި މިއަދު ގައުމު އޮތް ހާލަތުން އަރައި ގަނެވޭނީ އިޤްތިޞާދީ ކަންކަން ދަންނަ ބަޔަކާއި ވެރިކަން ހަވާލުވެގެންކަމަށް އިދިކޮޅުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަންސާރު

23-Aug-2020

ކަލޭ މެނަށް މިސަރުކާރުން ކުރާ ކަން ކަން ރަނގަޅު ވާކަށް ނުވެސް ޖެހޭ އެގޮތަށް ސަރުކާރުގެ ވިސްނުމެއް ވެސް ނެތް ރައްޔަތުން ނަށް ވެސް އެނގޭނެ އިދިކޮޅަކުން ދުވަހަކު ވެސް ސަރުކާރަށް ރަނގަޅު މަގެއް ނުދައްކާނެކަން އިދިކޮޅު ގެ ދައުރަކީ މިހާތަނަށް ވެސް ސަރުކާރަށް ރުހޮރޮއްޕާން ކުރުން އެކަން ވެސް ރަނގަޅަކަށް ނުވޭ އެގާބިލް ކަމެއް ވެސް ނެތްވިއްޔާ


18

އެލެކޮސް

23-Aug-2020

ބޮޑެތި ވަގުން ވައްކަން ކުރަން ދައުލަތުގެ ހަޒާނާ ނުލިބިގެން ހާދަ ވަރެއް މިވަނީ ގައިމު ދެން ރައްޔަތުން އަދުރޭގެ ތި ވަގުބައިގަނޑަކަށް ފުރުސަތު ނުދޭނެ


16

އެލެކޮސް

23-Aug-2020

ބޮޑެތި ވަގުން ވައްކަން ކުރަން ދައުލަތުގެ ހަޒާނާ ނުލިބިގެން ހާދަ ވަރެއް މިވަނީ ގައިމު ދެން ރައްޔަތުން އަދުރޭގެ ތި ވަގުބައިގަނޑަކަށް ފުރުސަތު ނުދޭނެ


5

ޒަރީރު

23-Aug-2020

ވަގުން ގެ އަޑެއް ނާހާނެ ދެން ދިވެހި ރައްޔަތުންނެއް ރައްޔަތުން ތިބީ ހޭލާ ތިޔައި މި ގައުމު ދަވާލި ގުންޑާ ގޭންގު ގެ ަހުލުވެރިން ކަން އެއްމެނަށް އެނގޭނެ


-1

ޖައުފަރު

23-Aug-2020

އަދުރޭ ދުލަކު ނެތް ދޯ އިސްތިއުފާ ނޫން ޖުމުލައެއް ތަންކޮޅެއް ތަސައްރަފު ފުދިގެން ވާހަކަ ދައްކާ އެހެން ނޫނީ ހަމަ އަތަށް ގޮވާނީ


7

ހަސަނު

23-Aug-2020

އަދުރޭ ކަލޭ ހާދަ ވަރެއް ތި ވަނީ ދަވާލީ ލާރި ގަނޑު ހުސްވީތަ ކިތައްމެ ފު,މުނަސް ދެން ކަލޭމެނަށް ވެރިކަމުގެ ވަސް ވެސް ނުފެންނަނެ



ޓްރެންޑިން