ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ސްޕޯޓްސް ޓޫރިޒަމަކީ ވެސް މުހިންމު ރޯލެއް އަދާކުރެވޭނެ ދާއިރާއެއް ކަމަށް މަޓީގެ ވައިސް ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފް ވިދާޅުވެއްޖެއެވެ.

ޗަމްޕާ ހުސައިން އަފީފު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެެވެ. ރާއްޖެއަށް ޓޫރިޒަމް ތައާރަފުކުރުމުގައި އިސްދައުރެއް އަދާކުރަށްވާފައިވާ ޗަމްޕާ ހުސައިން އަފީފް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށް، އެތުލެޓިކްސްގެ މުބާރާތްތަކާއި އޭޝިއަން ގޭމްސް އަދި ސާކް ގޭމްސް ބޭއްވުން ފަދަ ކަންތައް ކުރެވިދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް އޭގެތެރެއިން ފަހަރަކު ކަމެއް ކުރަމުން ގެންދެވިދާނެ ކަމަށް ޗަމްޕާ އަފީފް ވިދާޅުވިއެވެ.



އަފީފް ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ހެދިފައިވާ ގޯސްތައް ހޯދައި ބަލައިގެން އެކަންތައް ތަކުރާރު ނުވާނޭހެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ޓޫރިޒަމް ދާއިރާގައި އިތުރު ހަރުފަތަކަށް ދާން ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށް އަފީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ހުރަހަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަން ނެތިގެން ދާ ދިޔުން ކަމަށެވެ.

އެހެންކަމުން ޒަމާނުއްސުރެ ރާއްޖޭގައި އޮތް ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް ޓަކައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އަފީފް ވިދާޅުވިއެވެ. އަފީފް އިތުރަށް ވިދާޅުވީ ފަތުރުވެރިކަން ނެތް އަތޮޅުތަކަށް ފަތުރުވެރިކަން ކުރިއަށް ގެންދެވޭނީ ދާއިމީކޮށް ފުލައިޓްތައް އަތޮޅުތަކަށް ދަތުރުކޮށްގެން ކަމަށެވެ. އެހެން ނޫންނަމަ އެރަށްތަކަށް ފަތުރުވެރިކަން ފުޅާނުކުރެވޭނެ ކަމަށް އަފީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން