ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައްލަވައިގެންނެވި ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް ނޯޓިސްފޮނުވައިފިއެވެ.

ފުލުހުން ފޮނުވި މި ނޯޓިސްގައި އަންނަ އާދިއްތަ ދުވަހުގެ ކުރިން އެ އެޕާޓްމަންޓުތައް ހަވާލުކުރުމަށް ވަނީ އަންގާފައެވެ. އަދި އާދިއްތަ ދުވަހުގެ ކުރިން އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލު ނުކޮށްފި ނަމަ، ފުލުހުންގެ ބެލުމުގެ ދަށަށް އެތަންތަން ނަގާނެ ކަމަށް އެ ނޯޓިސްގައި ބުނެފައިވެއެެވެ.

އެފްއޭއެމަށް ފީފާ އިން ދިން ފައިސާ ބޭނުންކޮށްގެން ބައްސާމް، އަމީން އެވެނިއުއިން ދެ ފުލެޓު ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރަން ފުލުުހުން މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ކަމަށެވެެ. އެ ކަމަށް އެފްއޭއެމްގެ ފަައިސާއިން 3،084،000 ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ގޮތުން، އެފްއޭއެމުން އަމީން އެވެނިއުއަށް އޭޕްރީލް 14، 2021 ގައި އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ފުލުހުން ބުނެފައިވެއެވެެ. އަދި އެއަދަދަށްވާ ވަރަށް ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ކަމަށް ދައްކަން ލިޔެކިޔުންތަކެއް ވެސް ތައްޔާރުކޮށްފައިވީ ނަމަވެސް އެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެެވެ.

އެ ފައިސާއަކީ ކޮވިޑު ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ، ފީފާއިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން