ލ. މާބައިދޫގެ އައު ނެރު ހެދުމުގެ މަސައްކަތް ނިމިއްޖެއެވެ.

މާބައިދޫ ބަދަރުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް، އެމް.ޓީ.ސީ.ސީންނެވެ. އެމް.ޓީ.ސީ.ސީން ވަނީ މި މަޝްރޫޢުގެ ތެރެއިން މާބައިދޫގައި ކުރިން ކަނޑާފައި ވާ ނެރު ބަންދު ކުރުމުގެ މަސައްކަތާއި އައު ނެރެއް ކެނޑުމުގެ މަސައްކަތްވެސް ކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެވިފައިވަނީ 04 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢުއަކީ 4.22 މިލިއަން ރުފިއާގެ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ތެރެއިން ކުރީގައި ކަނޑާފައި އިން ނެރު ބަންދު ކުރުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިމަޝްރޫޢުގެ ތެރޭގައި 96.503،17 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި ، 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، މަގުބައްތި ހަރުކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 16 ޖެނުއަރީ 2020 ގައެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ޝަމާ

23-Aug-2020

ސާބަހޭ ރައީސް ސޯލިހް



ޓްރެންޑިން