މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު--
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު--
ފަސް މަސް ދުވަހަަށް ގޭސް ރައްކާ ކުރެވޭ ވަރަށް މޯލްޑިވް ގޭހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ،

މޯލްޑިވް ގޭސް ކުންފުންޏަށް 25 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ދިވެހީން ތެޔޮ އުދުން ދޫކޮށް ކައްކާގޭހަށް ދެ ހާަހުގެ އަހަރުތަކުގެ ތެރޭގައި ބަދަލުވީ ފަހުން ކުންފުނީގެ ހިދުމަތް ފުޅާކޮށް ގޭހުގެ ހިދުމަތްވެސް ފުޅާކޮށްފައިވާ ކަމަށެެވެ.

އެގޮތުން ތަފާތު ވައްތަރުގެ ގޭހުގެ ހިދުމަތްވެސް ދޭންފެށި ކަމަށް އެމްޑީ ވިދާޅުވި އެވެ.

އެމްޑީ ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ސްޓޯރޭޖް ކެޕޭސިޓީ ނެތުން ކަމަށެވެ. އެހެން ނަމަވެސް މިހާރު ސްޓޯރޭޖް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އަންނަ އަހަރު މެދުޖެެހެންވާ އިރަށް ގޭހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރެވި ގާތްގަނޑަކަށް ހަތަރު މަސް ނުވަތަ ފަސް ދުވަހު ގޭސް ރައްކާކުރެވޭެނ އިންތިޒާމް ރާއްޖޭގައި ހަަމަޖެހިގެން ދިއުން."

ހަމައެއާއެކު ކުންފުނިން ދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ގޭހާއި ގުޅުންހުރި ތަފާތު ވަސީލަތްތައް ވިއްކުމަށްޓަކައި ވަރަށް އަވަހަށް ކުންފުނިން ފިހާރައެއް ހުޅުވާނެ ކަމަށް އެމްޑީ ވިދާޅިުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން