ޔޫނިއަންތައް ރަޖިސްޓްރީކުރަން ނަގާ ފީ ވަރަށް ބޮޑަށް ކުޑަކޮށްފި އެވެ.
ޔޫނިއަންތައް ރަޖިސްޓްރީކުރުމާ ގުޅޭގޮތުން އިއްޔެ ރައީސް އޮފީހުން ޝާއިއުކުރި އާ އިސްލާހުތަކުގެ ގަވައިދުގައި ބުނީ މަސައްކަތްތެރިންގެ ވާރކް ޕްލޭސް ޔޫނިއަން ރަޖިސްޓަރ ކުރުމަށް ދެން ނަގާނީ 500 ރުފިޔާގެ ފީއެއް ކަމަށެވެ.
އަދި މަސައްކަތްތެރިންގެ އިންޑަސްޓްރީ ޔޫނިއަން ރަޖިސްޓަރ ކުރުމަށް ނަގާނީ 1000 ރުފިޔާ އެވެ.
މީގެ ކުރިން ޔޫނިއަން ރަޖިސްޓްރީކުރުމަށް ނަގަމުން ދިޔައީ 5000 ރުފިޔާގެ ފީއެކެވެ. ނަމަވެސް އެއީ މާބޮޑު ފީއެއް ކަމަށް ބުނެ ފާޑުކިއުންތައް އޮތީ އަމާޒުވެފަ އެވެ.
އޭގެ އިތުރުން ވަޒީފާ ދޭ ފަރާތްތަކުގެ ޔޫނިއަން ރަޖިސްޓަރ ކުރުމަށް 1500 ރުފިޔާގެ ފީއެއް ނަގަން ނިންމާފައިވާ އިރު ދެ ޔޫނިއަން ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަން އެއްކޮށްލުމަށް ދައްކަން ޖެހޭނީ 1000 ރުފިޔާގެ ފީއެއް ކަމަށް އާ ގަވާއިދުގައި ބުނެފައި ވެއެވެ.
އަދި ޔޫނިއަނެއް ރަޖިސްޓްރީކުރުމަށް ފަހު ރަޖިސްޓްރީ އަށް އެއްވެސް ބަދަލެއް ގެންނަ ނަމަ 500 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އަލަށް ގެނައި އިތުރު އިސްލާހުތަކުގެ ތެރޭގައި ނޭޝަނަލް ޔޫނިއަން ސެންޓަރ ނުވަތަ ނޭޝަނަލް އެމްޕްލޯޔަރޒް ޔޫނިއަންގެ ރަޖިސްޓްރީ އަށް އެއްވެސް ބަދަލެއް ގެންނަ ނަމަ ނުވަތަ ގެއްލިގެން އާ ރަޖިސްޓްރީއެއް ހައްދާނަމަ 500 ރުފިޔާގެ ފީއެއް ނެގުން ހިމެނެ އެވެ.
އެ އިސްލާހުތަކަށް އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު